މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެމްއޭސީއެލްއިން ބުނީ 17 ނޮވެމްބަރު އިން ފެށިގެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މަހުޖޫބް އިސްތިއުފާދީފައިވާ ކަމަށެވެ. އެހެންކަމުން އާ ސަރުކާރުން ބޭފުޅަކު އައްޔަން ކުރައްވަންދެން ކުންފުނި ހިންގަވާނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިސްތިއުފާގެ ސިޓީގައި މަހުޖޫބް ވަނީ ކުންފުނީގެ އެންމެހާ ކަންތައްތަކުގައި ކުންފުނީގެ ބޯޑާއި، މެނޭޖްމަންޓް އަދި ހުރިހާ މުވައްޒަފުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މަހުޖޫބް އައްޔަންކުރައްވާފައި ވަނީ 18 އޭޕްރީލް 2022 ގަ އެވެ.
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން
އުރަމަތީ ކެންސަރަށް ހާއްސަ ފުރަތަމަ ޑޮކްޓަރަކަށް ޑރ. އަލްތާފް