ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހޯދަނީ ނ. ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، ނޫޙް މުހައްމަދު ނައީމް (35އ) އެވެ.
ފުލުހުން ބުނި ގޮތުގައި މުހައްމަދު ނައީމަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެކެވެ. ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.
އޭނާ ހާޒިރުވާން ޖެހެނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ނ. ލަންދޫ ޕޮލިސް ސްޓޭޝަނަށެވެ.