ފެނަކަ ކޯޕަރޭޝަންގެ ސިއްރު ލިޔުންތަކެއް ލީކް ކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާ އިން ވަކިކުރީ ހެޑް އޮފީހުގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ސީނިއާ އޮފިސަރު ޔޫސުފް ރަމީޒެވެ.
ރަމީޒް ވަޒީފާ އިން ވަކި ކުރި ސަބަބެއްގެ ގޮތުގައި ލިޔުމުގައި ބުނެފައި ވަނީ ފެނަކަ މުވައްޒަފުންގެ ގަވައިދުގެ މަތިން ކުންފުނީގެ ސިއްރު މައުލޫމާތުތަކާއި ކުންފުނީގެ ލިޔެކިޔުންތައް ހާމަކުރުމާއި އާންމު ކުރުމާއި (މީސްމީޑިއާ އަދި އެ ނޫން ވެސް ވަސީލަތްތައް މެދުވެރިކޮށް) ދޫކުރުމާއި ބޭރުކުރުމާއި ކޮޕީ ހެދުމާއި ރިކޯޑް ކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހި ކުރުން ނުވަތަ އެހީތެރިވެދިނުމާއި މިއިން ކަމެއްގައި ބައިވެރިވެފައިވާތީ އެވެ.
ރަމީޒް ފެނަކައާ ގުޅިފައި ވަނީ ޖޫން 1 2016 ގަ އެވެ.
ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު ވެސް ވަނީ މިދިޔަ ސެޕްޓެމްބަރު 26 ވަނަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ.
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި