ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނޯޓްގެ އެންމެ ފަހުގެ ފިލްމު "ތޭޖަސް"އަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ފިނި ތަރުހީބާއެކު ފިލްމު ބަލަން ދާން އެދި ކަންގަނާ އާއްމުންގެ ކިބައިން އާދޭސް ކުރަން ފަށައިފި އެވެ.
ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި ކަންގަނާ ވަނީ "މެރީކޮމް" އާއި "ނީރްޖާ" ފަދަ ފިލްމުތައް ކަމުދިޔަ ނަމަ "ތޭޖަސް" ބަލަން ސިނަމާތަކަށް ދާން އާއްމުންގެ ފަރާތުން އެދިފަ އެވެ.
އެ ފިލްމަށް ލިބުނު ތަރުހީބު ކުޑަވުމުން ކަންގަނާ އިތުރަށް ބުނީ ބޮލީވުޑްގެ ގިނަ ފިލްމުތަކަށް އާއްމުން ފުރުސަތެއް ނުދޭ ކަމަށާއި ގިނަ ފިލްމުތައް ފެއިލްވަނީ އެހެންވެ ކަމަށެވެ.
ހުކުުރު ދުވަހު ރިލީޒްކުރި "ތޭޖަސް" ފިލްމަށް ފުރަތަމަ ދުވަހު ވެސް ލިބިފައިވަނީ އެންމެ 1.5 ކްރޯޑް ރުޕީސް އެވެ. އޭގެ ފަހުން ވެސް އެ ފިލްމުގެ އާމްދަނީއަށް ތަފާތެއް އައިސްފައިނުވާއިރު ފިލްމަކީ ފްލޮޕް އަކަށްވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ކަންގަނާގެ ފިލްމެއް ބޮކްސް އޮފީހުގައި ފެއިލް ވެފައި މިވަނީ މިހާރު ކުރިއަށްދާ އިޒްރޭލް- ހަމާސް ކުރިމަތިލުންތަކާ ގުޅިގެން އިޒްރޭލަށް ތާއީދުކޮށް އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން އާއްމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް