ރަށްރަށުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ ތެޔޮ ތާނގީތައް ބަދަލުކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަށް އައުކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާތީ، އެ އެކަމާ ގުޅިގެން އެ ކުންފުނިން ކުރިއަށް ގެންދާ އެންމެހައި ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސައިލުމަށް އަންގާފައިވާނެ ކަމަށެވެ.
އެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއްނުވެ އެވެ. އެ ކުންފުނީގެ ދަރަނި ވަނީ 2.8 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެ ދަރަނި ދެއްކުމަށްޓަކައި އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް އެ ކުންފުނިން ވަނީ ނަގައިފަ އެވެ.
މީގެކުރިން ވެސް ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް ހުށަހެޅި ނަމަވެސް އެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއްނުވެ އެވެ.
އޭލިއަނުން މިހާރު ވެސް ދުނިޔޭގައި އެބަ އުޅޭ: ސްޓީވަން
ކެމްޕޭނުގައި އެކުގައި ނުތިބޭ މީހުން ބާކީ ނުކުރާނަން: މީކާއިލް
އެމްވީކްރައިސިސް ހިންގަނީ ޝުންބާ ކަމުގެ ހެއްކެއް ނެތް:ސިވިލް ކޯޓް
