ހދ. ކުޅުދުއްފުށީ އެއާޕޯޓްގައި ސިލިންޑަރެއް ގޮވާ ބަޔަކަށް އަނިޔާވެއްޖެ އެވެ.
އަނިޔާވި މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނިގޮތުގައި ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި ގޮވާފައިވަނީ ފަޔާ އެންޑް ރެސްކިއުގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެކެވެ. ސިލިންޑަރު ގޮވާފައިވަނީ އޭތި ރީފިލް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަނ ކަމަށެވެ. މި ހާދިސާގައި ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުގެ ހަތަރު މުވައްޒަފަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟
އާސިފަށް އަލުން ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފި
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
