ސޯޝަލް މީޑިއާ އިން އާންމުވި ވީޑިއޯއިން ފެންނަ ބޭރުގެ ސިފައިންނަކީ ޓްރާންސިޓަކަށް ރާއްޖޭގައި މަޑުކުރި ޖަޕާނުގެ ސިފައިންތަކެއް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ އަސްކަރީ ޔުނީފޯމުގައި އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުން ސިފައިންތަކެއް ނުކުމެގެން ޖެޓީއާ ދިމާލަށް ދާ މަންޒަރެވެ. އެމީހުން ފެނުމާ ގުޅިގެން ބައެއް މީހުން ބުނެފައި ވަނީ އެއީ ޗައިނާ ސިފައިންތަކެއް ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "ހުރިހާ" އަށް ވިދާޅުވީ އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އައި ޖަޕާނުގެ އަސްކަރިއްޔާގެ ބައެއް ކަމަށާއި އެއީ ތަމްރީނަކަށް ރާއްޖެ އައި ބައެއް ނޫން ކަމަށެވެ.
"ޖަޕަނީސް ސެލްފް ޑިފެންސް ފޯސް ބައެއް" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ވަރަށް ބޮޑުވި މައްސަލައެކެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބާލާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖަންގްޝަނުން ނަޖިސް ބޭރުވަނީ، އެމްޑަބްލިޔުއެސްސީގެ ބަހެއް ނެތް
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟