ފިލްމަކަށްޓަކައި ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ރާބުއިމާއި އެއްގަމު މަސް ކެއުން ދޫކޮށްލަން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
ރަންބީރު ރަލާއި އެއްގަމު މަހާ ދުރަށް ގޮސްފައި މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ރާމަޔަން"ގައި އޭނާ ކުޅޭ ރޯލަށް ތައްޔާރު ވުމުގެ ގޮތުންނެވެ.
އެ ފިލްމުގައި އޭނާ ދައްކުވައިދޭ ކެރެކްޓަރަކީ ވެސް އެފަދަ ކަންކަމާ ދުރުވެގެން ހުރި ކެރެކްޓަރެއް ކަމަށާއި އެހެން ކަމުން ރަންބީރު ވެސް އެފަދަ ކަންކަމާ ދުރުވުމުން ފިލްމަށް ރަނގަޅަށް ތައްޔާރު ވެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.
މގެ އިތުރުން ވެސް ރޭގަނޑުގެ ޕާޓީތަކާއި އެފަދަ އެހެނިހެން ކަންކަމުން ވެސް ވަގުތީ ގޮތުން ރަންބީރު ދުރަށް ދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ އެ ފިލްމުގައި ރަންބީރުގެ އިތުރުން ދެން ފެންނާނީ ސައި ޕައްލަވީ އެވެ. އެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށޭނެ ކަމަށް ބުނެވެ އެވެ.
ފިލްމެއްގެ މަސައްކަތަށްޓަކައި ރަންބީރު ވަމުން އަންނަ "ގުރުބާނީ"އަށްޓަކައި ގިނަ ބަޔަކު އަންނަނީ އިންޓަނެޓުގައި އޭނާއަށް ތައުރީފު ކުރަމުންނެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
ހަމަލާއަކާ ގުޅިގެން ޑުބާއީ އެއާޕޯޓުން ފްލައިޓުތައް ކެންސަލުކޮށްފި