މާލޭގައި ހިންގމުންދާ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކ ރޭ ހައްޔަރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށި ވިއްކާކަމުގެ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ތިން ދިވެހިން ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.
މި އޮޕަރޭޝަނަކީ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮފަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް މައުލޫމާތުލިބިފައިވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
އެމެރިކާގެ ހަމަލާތަކަށްފަހު އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ފޭވަރިޓަކަށް ހާލަންޑް!