ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމުގެ ކުރިން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަކްރަމް ވިދާޅުވީ އަމީނީ މަގުގެ ބާކީ ހުރި ސެގްމެންޓްތަކުގެ މަސައްކަތް ނުފެށި ވަނީ ރިޔާސީ އިންތިހާބު ކައިރިވުމުން މަސައްކަތް މެދުކަނޑާލާފައިވާތީ ކަމަށެވެ. ނަމަވެސް މިހާރު އިންތިހާބު ނިމިފައިވާތީ މަގު ހެދުމުގެ މަސައްކަތް ފެށުމަށް އާރްޑީސީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވިއިރު ވެސް މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާނުލެވެ އެވެ.
ދާރުބާރުގެ ކައިރިން ފެށިގެން ގޮސް ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރުއަޅައި މިހާރު ވަނީ ނިމިފަ އެވެ. އެ މަގު ތަރައްގީ ކުރަނީ ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަގު ހެދުމަށް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ.
އަމީނީ މަގު މީގެކުރިން އޮތްގޮތުން ވެހިކަލް ދުއްވާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހުނެވެ.
އިންތިހާބާ ދިމާކޮށް ފުވައްމުލަކުގެ "ޑްރަގްގެ ބޮޑުން" ދޫކޮށްލައިފި
ދަރިފުޅު ޖެކްއަށްޓަކައި ޖަސްޓިން ދެކޭ ހުވަފެނަކީ މިއީ!
ޖެނީވާގައި ރާއްޖެއިން ކުށްވެރިކުރީ އީރާނު އެކަނި
