ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ސ.ހިތަދޫ އޭނާޒް، ހައްވާ ނާފިއާ އައްޔަނު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ނާފިއާ މަގާމަށް އައްޔަނު ކުރާނީ އަންނަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ނާފިއާ މަގާމަށް އައްޔަނު ކުރަނީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫޒު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެ ކުންފުނިން ދާދިފަހުން ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް ވެސް ބޭފުޅަކު ހަމަޖައްސައިފަ އެވެ. އެ މަގާމަށް ހަމަޖެއްސީ އެސްޓީއޯގެ ކުރީގެ ޕްރޮކިއުމަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނިޒާމް އެވެ.
މިއީ ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު
މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް
ވައިޓް ހައުސްއަށް އެރިއާނާގެ ވަރުގަދަ އިންޒާރެއް!