ސިވިލް ކޯޓުގެ އިސްގާޒީ އަހްމަދު ނިމާލް ޖުނައިދު ކުއްލިގޮތަކަށް ރޭ އަވަހާރަވެއްޖެ އެވެ.
މިދިޔަ މާޗު މަހު އިސްގާޒީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ނިމާލް އަވަހާރަވީ މެޔަށް ތަދެއް އަރާ ހޮޑުލެވެތީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ޖުނައިދު އަވަހާރަވީ އުމުރުން 36 އަހަރުގަ އެވެ. އަޙްމަދު ނިމާލް ޖުނައިދު ޖަނާޒާ އޮޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އެ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިމާލް އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނެވެ.
ފިލްމުތައް ހިޓްވީ ބައްޕަގެ ނުފޫޒުން ކަމަށް ބުނި: ރިތޭޝް
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް
"އެންމެ އަގުބޮޑު ތަރީ"ގެ ލަގަބަކީ ދޮގެއް: ހެމާ މާލިނީ