ދަޢުރުވަމުންދާ ފޮޓޯތަކުން ފެންނަ 500 ރުފިޔާގެ ފައިސާގެ ނޫޓަކީ، ސައްހަ ނޫޓުތަކެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
ދެ ސައިޒަކަށް ހުރި، 500 ރުފިޔާގެ ނޫޓުތަކެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މިކަމާ ގުޅިގެން އެމްއެމްއޭއިން ބުުނީ އެނޫޓުތައް އެމްއޭއިން ބަލާ ޗެކްކޮށްފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން އެ ނޫޓުތަކަކީ ސައްހަ ނޫޓުތަކެއްކަން ކަށަވަރުކުރެވިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.
އެމްއޭއިން ބުނީ ދެ ބެޗެއްގައި މިގޮތަށް ހުންނަ ނޫޓުތަކުގެ ސައިޒު ތަފާތުވުމަކީ އެކަށީގެންވާ ކަމަށާއި، އެއީ އާއްމު އުސޫލުން މުއާމަލާތް ކުރަން ބޭނުންކުރެވޭނެ ފައިސާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މިދެސައިޒުގެ ތެރެއިން ކުޑަ ނޫޓުތައް އޭޓީއެމްތަކުން ބަލައެއް ނުގަނެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެމްއެމްއޭއިން ބަލަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
ވިޔަފާރިވެރިއެއްގެ އެހީގައި ހުޅުދޫގައި އެޅި މިސްކިތް ހުޅުވައިފި
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!