ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ސައުދީން ރާއްޖެއަށް ދޭ 1,000 ހައްޖު ކޯޓާގެ އަދަދު 2,000 ކޯޓާއަށް އިތުރުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ގެންގުޅެނީ ވަކި ގައުމުތަކަކާ އެކު ކަމަށާއި މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން ގައުމަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. މި ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި ވެސް އިހުމާލުވެފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސައުދީ ސަރުކާރުން ދޭ 1،000 ކޯޓާގައި ހައްޖަށް ދާން އެތައް ދުވަހެއް މަޑުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސައުދީ ސަރުކާރުން ދޭ ރަސްމީ 1،000 ހައްޖު ކޯޓާ 2،000 ހައްޖު ކޯޓާ އަށް އިތުރު ކުރަން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"ކިންގް ސަލްމާން އާއި ރައީސް ޔާމީންއާ އޮތީ ވަރަށް ގާތް ގުޅުމެއް. އެ ގުޅުން އަޅުގަނޑު ވެސް ދަމަހައްޓާނަން. އެގޮތުން ހައްޖުގެ ކޯޓާ 2،000 އަށް އިތުރުކުރުމަށް މަސައްކަތް ކުރާނަން. އެއަށް ވުރެ ވެސް އިތުރުކުރުމަށް ދަންނަވައިގެން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އިރު މި ސަރުކާރުން ވަނީ ސަޢުދީ ސަރުކާރުން ދޭ ރަސްމީ ހައްޖު ކޯޓާ، 2،500 އަށް އިތުރުކޮށްދެއްވުމަށް ސައުދީ ސަރުކާރުގައި އެދިފަ އެވެ.
މިފަހަކަށް އައިސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞޯލިހު ވެވަޑައިގަންނަވާ ވައުދުތައް މުއިއްޒު ކޮޕީ ކުރައްވަމުން، ވާދައަށް ވައުދުވަމުން ދާކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. އަދި މުއިއްޒު ވައުދު ވަނީ މި ސަރުކާރުން ކޮށްދީފައިވާ ކަންތައްތަކާ އަދި ކުރަން ރާވަފައިވާ ކަންތައްތަކުގެ ވާހަކަތައް ކަމަށް ރައީސް ޞޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
ވެރިކަން ކުރަން އެންމެ އެކަށީގެންވާ މީހެއްކަމަށް ފެންނާތީ
ސަރުކާރުން ދެހާސް ކޯޓާއަށް އެދިފައިވާތީތޯ؟ މިދިޔަ އަހަރު (1000 ކޯޓާގެ އިތުރުން) އިތުރު ކޯޓާއެއް ނުހޯދުނީ.. ޔާމީނު ސަރުކާރު ހިންގާއިރު 2000 ކޯޓާ ގެނައިކަން އެންމެންނަށްވެސް އެގޭ.. މިސަރުކާރު ފެށުނުފަހުން 2000 ކޯޓާ ގެނެވިފާ ނެތް ..