ހެރިޓޭޖް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއިދު ކުރައްވަން ނިންމަވައިފި އެވެ.
މިނިސްޓަރު ޔުމްނާ ރައީސް ސޯލިހަށް ތާއީދުކުރައްވާކަން ހާމަ ކުރައްވާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިޔަށް ގެންދިޔުން މުހިންމު ކަމަށް ޔުމްނާ ވިދާޅުވި އެވެ.
ރައީސްގެ ސިޔާސަތުތަކަށާއި މެނިފެސްޓޯއަށް ތާއީދު ކުރާ ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ. އެ ގޮތުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވައި، ސަގާފީ އަދި ގުދްރަތީ ތަރިކަ ރައްކާތެރިކޮށް، ރަށު އަދި ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމުގެ ސިޔާސަތަށް ތާއީދުކުރާ ކަމަށްވެސް ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ މައުމޫން ރައީސް ޞަލިހުއަށް ތާއިދު ކުރައްވަން ނިންމެވި އިރު އެކަމަނާގެ ބޭބެ ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަ އެވެ.

44 އަހަރުގެ ޖަލު ހުކުމް އަންނަ ދައުވާތަކެއް ސަނީ އުމަރަށް ކޮށްފި
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި
މަގު ހަދަން ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމަށް ފަޅު ބަންދުކުރަނީ

މަޤާމްގެ ދަހިވެތި ކަމުގައި ތިއުޅެނީ. ހިޔަޅު ކަން އިންތިހާއަށް.