ފަރްހާން އަހްތަރުގެ ކުރިއަށް އޮތް ފިލްމު "ޑޮން 3"ގެ ލީޑު ރޯލުން ރަންވީރު ސިންހްއާއެކު ފެނިގެންދާނީ އޭނާގެ އަންހެނުން ދީޕިކާ ޕަދުކޯން ކަމަށް ހަބަރުތައް ބުނެފި އެވެ.
މި އަޑުތައް އަރާފައި މިވަނީ ރަންވީރާއެކު އެ ފިލްމުން ފެންނާނެ އަންހެން ތަރިއަކާމެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
މި ރޯލު ކުޅޭނެ ކަމަށް އަޑު އަރާފައިވާ އިތުރު ތަރިންގެ ތެރޭގައި ކިއާރާ އަދްވާނީއާއި ކްރިތީ ސެނޮން ފަދަ ތަރިން ވެސް ހިމެނެ އެވެ.
"ޑޮން 3"ގެ ފިރިހެން ލީޑު ރޯލުން ފެންނާނީ ރަންވީރުކަން ޑައިރެކްޓަރު ފަރްހާން ޔަގީން ކޮށްދިން ނަމަވެސް އަންހެން ލީޑުން ފެންނާނެ ތަރިއެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.
އެ ފިލްމުގެ ފިރިހެން ލީޑުގެ ގޮތުގައި ޝާހްރުކް ޚާންގެ ބަދަލުގައި ރަންވީރު ހަމަޖެއްސުމުން ފިލްމުގެ ޕްރޮޑިއިސަރުންނަށް ގިނަ ބެއެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ޑޮން ފްރެންޗައިޒްގެ ފުރަތަމަ ދެބައިގައި ވެސް ފެނިގެން ދިޔައީ ޝާހްރުކް ޚާން އެވެ.
އަޅުގަނޑު މިހުރީ ކޯޯޓު އަމުރާ ހިލާފުވާން ތައްޔާރަށް: ނަޝީދު
މިރޭ 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ: މެޓް އޮފީސް
އަދަދު ނޫހުގެ ވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި