މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު" ގައި އެމްޕީއެލް އިން ބައިވެރިވެއްޖެ އެވެ.
އެމްޕީއެލް އިން ބުނީ، މި ސްކީމުގައި ބައިވެރިވީ އެކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހިކޮށްދިނުމަށް ކަމަށެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ނަޖީލް އަހުމަދެވެ.
މި ސްކީމުގައި ބައިވެރިވާ މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދިއުމަށް ކޮންމެ މަހަކު ވެސް މުސާރައިން ވަކި އަދަދެއް ކަނޑާނެ އެވެ. އަދި މުސާރައިން ކަނޑާ އަދަދު ކަނޑައަޅާނީ އެ މުވައްޒަފު އަމިއްލައަށެވެ.
އެ ކުންފުނިން މިއަހަރު ވެސް ތިން މުވައްޒަފުން ހައްޖުގެ އަޅުމަކަށް ފޮނުވާފައިވެ އެވެ.
ނިދާއިރު އަނގައިގައި ޓޭޕް އެޅުން: މިއީ ކޮން ކަހަލަ ޓްރެންޑްއެއް؟
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ޕީއެންސީގެ ލީޑަޝިޕް ހޮވުމުގައި ސިއްރު ވޯޓު ނުބާއްވަން ނިންމައިފި
