ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ހުށައަޅައިދިން ކޮންސެޓެއްގެ ތެރެއިން އޭނާ ލަވަ ކިޔަމުން ދަނިކޮށް ސްޓޭޖް މަތިން ވެއްޓޭ ވީޑިއޯއެއް އާއްމު ވެއްޖެ އެވެ.
މި ވީޑިއޯއަކީ މިހާރު ކުރިއަށްދާ ޖޯނަސްގެ މިއުޒިކް ޓުއާގެ ތެރެއިން ބޭއްވި ކޮންސެޓެއްގައި އެ ކޮންސެޓަށް އައި މީހަކު ނަގާފައިވާ ވީޑިއޯ އެކެވެ.
ލަވަ ހުށައަޅައިދެމުން ދަނިކޮށް ސްޓޭޖު މަތިން އަރިއަޅާލައި ވެއްޓުނު ނަމަވެސް ޖޯނަސް ވަނީ ހުއްޓުމެއް ނެތި އޭނާގެ ހުށައެޅުން ކުރިއަށް ގޭެންގޮސްފަ އެވެ.
މި ވީޑިއޯ އިންޓަނެޓުގައި އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ވެއްޓުމުން އޭނާ ކަންތައް ކުރި ގޮތަށް ތައުރީފް ކޮށް ވާހަކަ ދައްކަމުންނެވެ.
މިއުޒިކް ޓުއާގެ ކަންކަން ޖޯނަސްގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނައިރު އޭނާގެ އަންހެނުން ޕްރިޔަންކާ ޗޯޕްރާއާއި ދަރިފުޅު މަލްތީ މޭރީ ވެސް ވަނީ އެ ކޮންސެޓަށް ގޮސްފަ އެވެ.