ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދ. މީދޫއަށް ވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި ރައީސް ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ބައިވެރިވެ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ މި ދަތުރު ފަސްކުރެއްވުމަށް ފަހު، ރައީސް ސޯލިހު މިއަދު މީދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޯލިޝަން ޕާޓްނަރުން ވެސް ބައިވެރިވެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް މިހާތަނަށް ވަނީ ހއ. ށ. ވ އަދި މ އަތޮޅުގެ ހުރިހާ ރަށަކަށާއި ފުވައްމުލަކަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން ހދ. ހަނިމާދޫއަށް ވެސް ވަޑައިގެންފަ އެވެ. ރައީސް ސޯލިހް ކެމްޕެއިން ދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ގއ. އަދި ގދ. އަތޮޅަށެވެ.
ރައީސް ސޯލިހް އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމުން އެ ކޮމިޝަނުން އިއްޔެ ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިގެންފަ އެވެ.
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
މޯލްޑިވް ގޭހުން ވިއްކާ ބޮޑެތި ގޭސް ފުޅިތަކުގެ އަގު ބޮޑުކޮށްފި
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން