އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފި އެވެ.
އަސްލަމް ރަނިންމޭޓަކަށް ހަމަޖެއްސިކަން އެމްޑީޕީއިން އޭނާ އަށް އަންގާފައިވާ ކަން ވަނީ ކަށަވަރުކުރެވިފަ އެވެ. އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ރަނިންމޭޓްކަން ނުދޭނެކަން އިއްޔެ އަންގާފައިވާ ކަމަށްވެ އެވެ.
އަސްލަމް ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވާ އިރު، އަސްލަމް ވަނީ ކުށުގެ ރެކޯޑު ސާފުކުރުމަށް ވެސް ހުށަހަޅާފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާތާ 15 އަހަރު ވެފައިވާ އަސްލަމް މިހާރު ވެސް ހުންނެވީ ރައީސް ސޯލިހުގެ ކެމްޕެއިނަށް އައްޑޫގަ އެވެ.
ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ވުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ މިހާރުގެ ނައިބު ރައީސް ފައިސަލް އެވެ. ގިނަ ބަޔަކު ގަބޫލުކުރީ ވެސް ފައިސަލް އަށް ރަނިންމޭޓުކަން ދެއްވާނެ ކަމަށެވެ.
އެމްޑީޕީން ވެސް ގަބޫލުކުރަނީ މި ސަރުކާރު ބަރާބަރުކަމަށް: ޝިޔާމް
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ފައްޔާޒާއި މީކާއީލް ދެކޮޅު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި
