ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގެ މަގާމަށް މރ. މޯގަން ބީންލޭންޑް ހަމަޖައްސައިފި އެވެ.
މޯގަން އަކީ ބޭންކިން، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާއިން 22 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މޯގަން ވަނީ ލޮއިޑްސް ބޭންކިންގ ގްރޫޕް، ޔޫކޭ ގައި ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ. މިގޮތުން ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް، ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިންގ ގްއާރންސޭ އަދި ސީނިއަރ ވައިސް ޕްރެޒިޑެންޓް، ފައިނޭންޝަލް އިންސްޓިޓިއުޝަންސް ނޯތު އެމެރިކާ ފަދަ މަގާމުތައް އަދާކުރައްވާފައިވެ އެވެ.
މޯގަން އެންމެ ފަހުން މަސައްކަތްކުރައްވާފައިވަނީ ޔޫކޭގެ ކެޕްކޯގައި މެނޭޖިންގ ޕްރިންސިޕަލްގެ މަގާމެވެ. މި މަގާމުގައި އޭނާ ވަނީ ޔޫކޭ ބޭންކިންގ އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ އިސްދައުރެއް އަދާކުރައްވާފަ އެވެ.
"މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވަރކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް. ބޭންކަރއެއް އަދި އޮޕަރޭޝަންސް ޑިރެކްޓަރއެއް. މޯގަންގެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކުރެވި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ. މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވި އެވެ.
މޯގަން ވަނީ ޔުނިވަރސިޓީ އޮފް ސައުތުހެމްޓަން އިން ބެޗަރލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވާފައެވެ. މޯގަން އަކީ އިންޓަރނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓް އިން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސް ސަޓިފިކޭޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.