ސައިފް އަލީ ހާނާއި އޭނާގެ ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާން އެކުގައި ފެނިގެންދާ ފުރަތަމަ އިޝްތިހާރު ދައްކާލައިފި އެވެ
ސައިފް އާއި ސާރާ އެކުގައި ފެނިގެންދާ އިޝްތިހާރަކީ އިންޝުއަރެންސް ކުންފުންޏެއް ކަމަށްޗާ އެކޯގެ އިޝްތިހާރެކެވެ. މިއިޝްތިހާރަކީ ސައިފް އާއި ސާރާ އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރު އެވެ.
މިއިޝްތިހާރު މިހާރު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު މިއިޝްތިހާރުގައި ފެނިގެންދާނީ ކާރު އިންޝުއަރެންސއް ކޮށްގެން ބައްޕަގެ މޫޑް ސާރާ ރަގަޅުކޮށްލާ ތަނެވެ.
ބަތަލާ ސާރާ ދާދި ފަހުން ވަނީ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްއާ އެކީ ވެސް އިޝްތިހާރެއް ކުޅެފަ އެވެ. އެއީ "މާމާ އާތު" ބްރޭންޑްގެ ފިޔާ ޝޭމްޕޫ އިޝްތިހާރެކެވެ. މި ޝޭމްޕޫގެ އިޝްތިހާރެއް ކުރިން ސާރާ ވަނީ މަންމަ އަދި ބަތަލާ އަމްރިތާ ސިންގްއާ އެކީ ވެސް ކުޅެފަ އެވެ.
ސާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.

އީދުގައި ސަލްމާންގެ ފިލްމެއް ނެތް، ސިނަމާތައް ފަޅުވެފައި!
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިތުރު އީދު!