ބޭނުންވާ ތަކެތި
- 650 ގްރާމު އަލުވި (ތޮށި މަށާ 1 އިންޗި ކިއުބްއަށް ކޮށާފައި)
- 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
- 1 ބޮޑު ފިޔާ ( ތުނިކޮށް ކޮށާފައި)
- 2 ސައިސަމުސާ މުގުރި ދިރި
- 2 ސައި ސަމުސާ މުގުރި މިރުސް
- 300 ގްރާމު ބޯންލެސް ކުކުޅު(އަލުވި ކޮށި މިނަށް ކޮށާފައި)
- 400 ގްރާމް ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)
- 2 ލޮނުމެދު (ޗިސްކޮށްފައި)
- 1/2 ޖޯޑު ޔޯގަޓް
- ލޮނު
- 1/2 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް
- ތެއްޔަކަށް ތެޔޮފޮދު އަޅައި ހޫނު ވުމުން ފިޔާކޮޅާއި ލޮނުމެދު އަޅާ ރަތްކޮށްލާށެވެ.
- ފިޔާ ރަތްވާން ފެށުމުން އަލުވި، ދިރި އަދި މިރުސް އަޅާ ހަނާކޮށްލާށެވެ.
- އެއަށްފަހު ކުކުޅު، ޔޯގަޓް އަދި ޓޮމާޓޯ އަޅައި ރޯ ފިލަންދެން ކައްކާލާށެވެ.
- ދެން ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލައި ލޮނު ރަހަ ހެޔޮވަރު ކޮށްލާށެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައުދާ ވާދަކުރައްވަނީ
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!
އުމްރާއިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ