މޫނުގައި ބިހި ނެގުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ދިރިއުޅުމުގައި ގެންގުޅެވޭ ވަރަށް އާދައިގެ އެހެން ނަމަވެސް ނުރަނގަޅު އާދަތަކެއްގެ ސަަބަބުން ވެސް މޫނުގައި ބިހި ނެގުމަށް މަގުފަހިވެ އެވެ.
މޫނުގައި ތަފާތު ބޭސްތައް އުނގުޅުން
ކޮންމެ އެއްޗަކީވެސް މާ ގިނައިން ބޭނުންކޮށްފިނަމަ އެއަކުން ފައިދާނުވެ ގެއްލުން ވެދާނެ އެއްޗެކެވެ. މިގޮތުން މޫނުގައި އުނގުޅުމަށް ބޭނުންކުރާ ބޭސްތަކުގެ ތެރޭގައި ބެންޒޯލް ޕެރޮޖްސައިޑާއި ސަލަފާ އާޅާފައި ހުންނަ ބޭސްތައް މާ ގިނައިން ބޭނުންކުރުމުން ހަންގަނޑަށް ގެއްލުން ވާނެ އެވެ. މިގޮތުން މޫނުގައި ނަގާފައި ހުން ބިހިތައް ރަތް ވުމާއި މާހަރުވެ ހަންގަނޑު އަނދާގޮތް ދިމާވެދާނެ އެވެ.
މޫނު ދޮންނައިރު މާ ބޮޑަށް އުނގުޅުން
މޫނުގައި ހުންނަ ހަޑިތަކާއި މަރުވެފައި ހުންނަ ހަންކޮޅުތައް ނައްތާލުމަށް މޫނު ދޮވުމުގެ ތެރޭގައި މާ ގަދަޔަށް މޫނު ދޮވުމުގެ ސަބަބުން މޫނުގެ ހަންގަނޑަށް ގެއްލުން ވެދާނެ އެވެ. މޫނުގެ ހަންގަނޑަކީ ވަރަށް ނާޒުކު ހަންގަނޑަކަށް ވެފައި ހަންގަނޑު ރަނގަޅުވާން ދުވަސްވެސް ނަގަ އެވެ.
ކުޅިކޮށް ކެއުން
ކުޅި ކާނާ ތައްޔާރުކުރާއިރު ބޭނުންކުރާ މިރުހާއި ޓޮމާޓޯގައި ހުންނަ އެސިޑެއް ކަމަށްވާ ލައިކޯޕިން އަކީ ވަރަށް ގިނަ މީހުންނަށް އޭގެ ސަބަބުން އެމީހުންގެ ހަންގަނޑަށް ގެއްލުންވާ އެއްޗެކެވެ. މި އެއްޗަކީ ހަންގަނޑުގެ ޕީއެޗް ވެލިޔު އަށް ބަދަލުތައް ގެނުވާ އެއްޗެކެވެ.