މާލޭގެ މަގުތައް މަރާމާތުކުރަން މާލެ ސިޓީ ކައުންސިލުގެ 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނަން ފާސްކޮށްފި އެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 111 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
މި ޖަލްސާގައި ނިންމާފައި ވަނީ މާލެ ސިޓީގެ ހަނި އަދި މެދު ސައިޒުގެ މަގުތައް އަލުން އެއްވަރުކޮށް ކާނުތައް އައުކޮށް ބަދަލުކޮށް މަރާމާތު ކުރުމަށެވެ.
"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު ސޮއިކުރި އެއްބަސްވުން އޮއްވައި ޕްލޭނިން މިނިސްޓްރީން މަގު ހެދުމުގެ ތެރެއަށް ވަދެ ކައުންސިލާއި އާރްޑީސީ އާއެކު ހަދާފައި އޮތް އެއްބަސްވުން މީގެ ކުރިން ވަނީ ބާތިލުކޮށްފަ އެވެ.
މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތަކަކީ މިދައުރުގެ ކައުންސިލުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.
ހާލަންޑްގެ ދެ ލަނޑާއެކު ނޯވޭ މުބާރާތް ފެށީ ފަސޭހަ މޮޅަކުން
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
މޯލްޑިވް ގޭހުން ވިއްކާ ބޮޑެތި ގޭސް ފުޅިތަކުގެ އަގު ބޮޑުކޮށްފި