ހއ. އިހަވަންދޫ އާއި، ހއ. މާރަންދޫ އާއި، ހއ. ތަކަންދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.
އެމަނިކުފާނު މި މަޝްރޫއުތައް އިފްތިތާޙްކޮށްދެއްވީ، ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.
މިގޮތުން ރައީސް ވަނީ މިއަދު ހެނދުނު އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވާފަ އެވެ. މި ފުޓުބޯޅަ ދަނޑަކީ، ޓާފްއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ފުޓުބޯޅަ ދަނޑެކެވެ. މީގެ އިތުރުން ރައީސް ވަނީ، މިއަދު ހެނދުނު ހއ. މާރަންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވާފަ އެވެ. މި އޮފީސް އިމާރާތަކީ އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް، ޒަމާނީ އޮފީސް ޢިމާރާތެކެވެ.
މާރަންދޫ ފެނަކަ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސް ވަނީ، ހއ. ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީކޮށްފައިވާ ވޮލީ ކޯޓު ވެސް ހުޅުއްވައި ދެއްވާފަ އެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފަ އެވެ.
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
މާލޭ ސިޓީ ކައުންސިލާ ވާހަކަ ދެއްކޭނީ ލިޔުމުން އެކަނި: މުއްތަލިބު