ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ފެށުމަސް މިއަދު ވަނީ މާލޭގައި ދޮރުން ދޮރަށް ހިނގާ ރައްޔިތުން އެދޭގޮތް އޮޅުންފިލުވާފަ އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ހަރަކާތުގައި މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވަލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިފަހުން ފެންނަމުން މިދަނީ ރައީސް ޔާމީން މިގައުމަށް ގެނެސްދިން ތަރައްގީއާއި އިގްތިޞާދީ ކުރިއެރުން ނެތިގެންދާތަން ކަމަށެވެ.
އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ރިޔާސި ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމް އިން ކަމަށާ ކެމްޕެއިންވެސް ރަސްމީކޮށް ފެށީ ޕީޕީއެމް ޕީއެންސީ އިން ކަމަށެވެ.
"ގައުމުގެ އަމަން އަމާންކަން ގެއްލިއްޖެ ސުލްހަވެރިކަން ގެއްލިއްޖެ ހަމަޖެހުމެއް ނެތް ދީނަށް ފުރައްސާރަ ކުރުމަކީ އާންމު ކަމަކަށްވެއްޖެ، މިއީ ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫން ސުލްހަވެރިކަމާ ހަމަޖެހޭ މުޖުތަމައެއް ގެނެވޭނީ ތެދުވެރި ވެރިއަކު ގައުމަސް ގެނެވިގެން އެއީ ރައީސް ޔާމީން" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް މިސަރުކާރުން ކިތަންމެ އަނިޔާ އެއް ކުރިޔަސް އެމަނިކުފާނުގެ ކަންބޮޑުވުން އޮތީ މިގައުމަށް ވަމުންދާ ގޮތާ ދޭތެރޭ ކަމަށާ ރައީސް ޔާމީން އާއި އެކީގަ މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އަދުރޭ ވިދާޅުވި އެވެ.
ޔާމީންގެ ކެމްޕެއިން ފަށާފައިވާއިރު އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މި ހުކުމުގެ ސަބަބުން ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ގައުމާއި ޕާޓީ ހަލާކުރާ މީހުން ޔާމީނަށް ކެހިދިން މީހުން