ރާއްޖޭގެ ޒުވާން މަޝްހޫރު ލަވަކިޔުންތެރިޔާ ބަތޫލް ސަރުކާރު ހިންގާ އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
ބަތޫލްގެ އިތުރުން އޭނާގެ ފިރިމީހާ މީކާއީލް މުހައްމަދާއި އިތުރު ޒުވާނުންތަކެއް ވަނީ ޅ. ހިންނަވަރުން އެމްޑީޕީއާ އަލަށް ގުޅިފަ އެވެ.
އެމްޑީޕީއަށް ސޮއިކުރުމަށްފަހު ބަތޫލް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ފޯމް ހަވާލުކޮށްފަ އެވެ.
އެ ދެ މީހުންގެ އިތުރުން 23 މީހަކު މިއަދު އެމްޑީޕީއާ ގުޅިފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއާ ގުޅެނީ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެއަށް އެކި ގޮތްގޮތުން ކޮށްދީފައިވާ ކަންކަން އެ މީހުން ބަލައިގަންނާތީ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެސް ގިނަ ބަޔަކު އެ ޕާޓީއާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ދާދިފަހުން ވަކިވި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި
ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް ޕީއެންސީ ސެނެޓް މެމްބަރު ޝަހީދު
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
