ފޯނު މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ގޮތަށް ހިދުމަތް ދޭން މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ.
މީގެ ކުރިން ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހެނީ، ފޯމު ފުރައި، އެ ސްކޭންކޮށް ޑައުންލޯޑްކޮށްގެންނެވެ. އިމިގްރޭޝަންގެ އޮފީހަށް ގޮސްގެން ނޫނީ ހިދުމަތް ނުލިބެ އެވެ.
ނަމަވެސް މިހާރު، އިމިގްރޭޝަންގެ ހިދުމަތް ދެމުން އަންނަ 'އިމުގަ' ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯނުން ޕާސްޕޯޓަށް އެދެވޭނެ ގޮތް ވަނީ ފަހިކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ މިއީ އެ އިދާރާއިން ބޭނުން ކުރާ ކަރުދާހުގެ މިންވަރު މަދުކޮށް، ފަސޭހަކަމާ އެކު މީހުންނަށް ހިދުމަތް ދިނުމަށް ގެނައި ބަދަލެއް ކަމަށެވެ.
މި ހިދުމަތް ވަގުތީ ގޮތުން މިދިޔަ އަހަރު ވެސް އިމިގްރޭޝަނުން ދިނެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހު އުމުރާއަށް ދާ މީހުންނަށް، ރޯދަ މަސް ނިމެންދެން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ދީފައިވެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ ދަށަށް ހިނގައްޖެ
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް

ހުސްދޮގު، ތިޔަ ހިދުމަތްވެސް ކެނޑިފަ އިނީ