މޮސްކޯ (11 ޖެނުއަރީ) - ރަޝިޔާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ސްޕްޓްނިކް ވީ ވެކްސިން ފަލަސްތީނުގައި ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ.
ރަޝިޔާގެ ސޮވަރިން ވެލްތް ފަންޑުން ބުނިގޮތުގައި ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ސްޕްޓްނިކް ވީ ވެކްސިން އެ ގައުމުގެ ކޮވިޑާ ދެކޮޅަށް ބޭނުންކުރުމަށް ރަޖިސްޓާ ކޮށްފަ އެވެ.
މިވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ފަލަސްތީނަށް ފޯރާނެ ކަމަށް ބެލެވެނީ އަންނަ މަހު އެވެ. އަދި ވެކްސިންގެ ހުރިހާ ޝިޕްމަންޓްތަކެއް މިއަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ޑެލިވާ ކޮށްދެވޭނެ ކަމަށް ވެސް ރަޝިޔާއިން ބުނެ އެވެ.
ރަޝިޔާއިން ފަލަސްތީނަށް ފޯރުކޮށްދެވީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ދެ ގައުމަކުން ވެސް ހާމަކޮށްފަ އެއް ނުވެ އެވެ. – އަރަބް ނިއުސް
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
މިހާރު ހިންގާ މީޑިއާތައް 6 މަސްތެރޭ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
