އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމް، ޖުމްލަ 24 ކުދިން ވަނީ ފުރިހަމަކޮށްފަ އެވެ.
ފޯލޫޕް ކޯޑިން އެކަޑަމީ އިން ހިންގި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ވަނީ ކުދިންނަށް ދަސްކޮށްދީފަ އެވެ.
އިންޑިއާގެ ރިއަލިޓީ ޝޯއެއްގައި ރާއްޖެއަށް ދަތުރެއް ދީފި
ކަންގަނާގެ ބަހުގެ ހަމަލާތަކެއް އަނެއްކާ ވެސް ރިތިކްއަށް!
ގެއްލުނު ދެ މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
