މާބަނޑުއިރު ބުރަކަށީގައި ރިއްސުމަކީ ގިނަ އަންހެނުންގެ ޝަކުވާ އެކެވެ. ބަނޑު ބޮޑުވެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ބުރަކަށީގައި ރިއްސުން ބޮޑުވާއިރު މިކަމަކީ ގޭގައި ވެސް ފަރުވާ ހޯދިދާނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް މިލިޔުމުގައި ބަލާލާނަމެވެ.
ކަސްރަތު ކުރުން
މާބަނޑު ދުވަސްވަރު ގަވާއިދުން ކަސްރަތުކުރުމަކީ ބުރަކަށީގައި ރިއްސުން ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން ގޭގައިކުރާ އާދައިގެ ކަސްރަތު ތަކަކީވެސް މިކަމަށް ލިބޭނެ ލުޔެކެވެ. ނަމަވެސް ގޭގައި ކަސްރަތުކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.
ބޮނޑިތާން ކުރުން
ބުރަކަންޓާއި އުނަގަނޑުގައި ހޫނުފެނުން ނުވަތަ ފިނިފެނުން ބޮނޑިތާންކުރުމަކީ މާބަނޑުއިރު ބުރަކަށީގައި ރިއްސާ ރިއްސުމަށް ގޭގައި ކުރެވިދާނެ ފަރުވާ އެކެވެ. އެގޮތުން 20 މިނެޓާއި 30 މިނެޓާއި ދެމެދުގެ ވަގުތު ކޮޅަކަށް ދުވާލަކު ދެފަހަރު ތަދުވާތަނެއްގައި ބޮނޑިތާން ކޮށްލާށެވެ.
މެޓާނިޓީ ބެލްޓެއް ބޭނުން ކުރުން
ބޭސްފިހާރަތަކުން ލިބެން ހުންނަ މެޓާނިޓީ ބެލްޓަކީ އުނަގަނޑުގައި އަޅައިގެން ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ. މި ބެލްޓް ބޭނުންކުރުމުގެ ސަބަބުން ބުރަކަށީގެ ރިހުން ކުޑަވެ، ރަހިމުގެ ސަރަހައްދަށް ކުރާ ބާރު ކުޑަވެ އެވެ.
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
މިއީ އީރާނަށް ލިބޭނެ ފަހު ފުރުސަތު: ޓްރަމްޕް
އެމްޕީއެލްގައި އިތުރު 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ