ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ޝާހިދު އެމެރިކާއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދެވެ.
މިނިސްޓަރު ޝާހިދުގެ ދަތުރުފުޅަކީ ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޝާހިދު އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ބައްދަލުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބްސީއެއް އަލުން ހުޅުވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަން ފޮރިން މިނިސްޓަރު ޝާހިދު އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ފޯނު ސިގްނަލް ނުލިބޭ އިޓަލީގެ ސިއްރު ހުވަފެނީ މަންޒިލެއް!
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ