އިސްތަށިގަނޑު ދޮވުމަށް ފަހު އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން އިސްތަށިގަނޑު ހިއްކުމަކީ ގިނަ އަންހެނުންގެ އާދަ އެކެވެ.
އިސްތަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބޭއްވުމަށް ބުރަ މަސައްކަތްތަކެއް ކުރާއިރު މިގޮތަށް ތުވާލިން އިސްތަށިގަނޑު ހިއްކުމަކީ އިސްތަށިގަނޑު ހަލާކުވާނެ ކަމެކެވެ.
އިސްތަށިގަނޑުގައި ތުވާލި އޮޅާފައި ބޭއްވުމާއި އިސްތަށިގަނޑުގައި ތުވާލި އުނގުޅައިގެން ހިއްކުމަކީ އިސްތަށިތައް ބުރިވެ، ބޮލުން އިސްތަށި ފައިބަން މެދުވެރިވާ ކަމެކެވެ.
އިސްތަށިގަނޑު ހިއްކަން އެންމެ ރަނގަޅީ އަމިއްލައަށް ހިކެންދެން ދޫކޮށްލާފައި ބޭއްވުމެވެ. ހެއާ ޑްރަޔާ ބޭނުންކޮށްގެން އިސްތަށިގަނޑު ހިއްކުމަށްވުރެ ވެސް، އެންމެ ފައިދާހުރި ގޮތަކީ މިއީ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
އެހެން ކަމުން އިސްތަށިގަނޑުގެ ދުަޅަހެޔޮ ކަމަށްޓަކައި ތުވާލިން އިސްތަށިގަނޑު ހިއްކުމާ ދުރުވާން ޖެހެ އެވެ.
ގެއްލުނު ދެ މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި