ޏ. ފުވައްމުލަކު "މާނޭރެ" ފަންނު މޫދަށް އެރިއުޅެނިކޮށް ގެއްލުނު ކުއްޖާ މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 4:47 ގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެކުއްޖާ މޫދަށް އެރުނު މާނޭރެ އަތިރި ސަރަހައްދުގެ މޫދު އަޑިން އެ ކުއްޖާ ފެނުނީ 5:50 ހާއިރު ކަމަށެވެ.
ޏ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރުވާދެމުން ދަނިކޮށް މިރޭ 6:41 ހާއިރު ކުއްޖާ މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އެ ރަށު ދޫނޑިގަމު އަވަށު، ޔޫރޯ، އަހުމަދު ފައުޒާން އެވެ.
އެ ކުއްޖާ ގެއްލުނީ ދެ އަންހެން ކުދިން ގެނބިގެން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
މާނޭރެ ފަންނަށް މޫދަށް އެރި އުޅެނިކޮށް މީގެ ކުރިން ފަސް ވަރަކަށް އަހަރު ކުރިން ވެސް އެ ރަށުގައި ހުރި ޑޮކްޓަރަކު އޮޔާ ދަމައިގަނެގެން ދިޔަ ގޮތަށް ނުފެނެ އެވެ.
ކުރިން ރަށަށް އަރައި ފައިބަން ބޭނުންކުރި ފަންނަށް ވަދެ ނިކުމެ އުޅުނު އެތައް ދޯންޏެއް ބަންޑުން ޖަހާލައި، އެތައް ބަޔަކު މަރުވެފައިވެ އެވެ.
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
