ރާއްޖޭގައި 'ޑިޖިޓަލް ރުފިޔާ' ތައާރަފުކުރަން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާކުރަން ފަށައިފި އެވެ.
މިއަދު ފެށި ފައިނޭންޝަލް ފޯރަމްގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެތެރޭގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ހަލުވިމިން ގެނެވޭނެ ގޮތްތަކާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއުގެ އެންމެ ފުޅާ ކޮންސެޕްޓަކީ އޯޕެން ފައިނޭންސިން ކަމަށާއި އެކަމާ ގުޅޭ ގޮތުން ބޭންކުތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިހާރު ބޭނުންކުރާ ބޭންކިން މޮޑިއުލަށް ބުރުލެއް ނާރާ ގޮތަށް އެ މަސައްކަތް ކުރެވޭނެ ގޮތްތަކަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
"މި މަޝްވަރާގެ ތެރެއިން އެންސީއައިޓީއާ އެކު ދެކެވުނު ވާހަކަތަކުގައި ވެސް ވަރަށް ބޮޑަށް ވާހަކަދެކެވިފައިވޭ ޑިޖިޓަލް ރުފިޔާ ތައާރަފުކުރަން. އެކަން ކުރެވޭނެ ގޮތަކާއި، އިޖާދީ އުފެއްދުންތަކުގައި އެ ޑިޖިޓަލް ރުފިޔާގެ ބޭނުންތެރިކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވެމުން އެބަދޭ،" އިމާދު ވިދާޅުވި އެވެ.
އެ ނިޒާމް ގާއިމްކުރުމަށްޓަކައި އާ ޓެކްނޮލިޖީތައް ރާއްޖެއަށް ތައާރަފްކުރުމުގެ މުހިންމުކަމުގެ މައްޗަށް އިމާދުގެ ވާހަކައިގައި އަލިއަޅުވައިލެއްވި އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ ދަށަށް ހިނގައްޖެ
އެމެރިކާގެ ސުލްހައިގެ ހުށަހެޅުން އީރާނުން ބަލައި ނުގަތް
