ނ. މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުން ކުރަމުންދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައި ހިނގި ހާދިސާގައި މީހަކު މަރުވެއްޖެ އެވެ.
މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ އިންޑިޔާގެ މީހެކެވެ. އޭނާއަކީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރެވެ.
ފުލުހުން ބުނީ މާފަރު އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެކްސްކަވޭޓަރެއް ފޮރޮޅާލައި އަނިޔާވި މީހަކު މާފަރު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެނދުނު 9.27 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ ބުނެ އެވެ.
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ހޯމް މިނިސްޓަރު ހައްޔަތުކޮށް ތަހުގީގު ކުރަންޖެހޭ: ޒަރިޔަންދު
މޫސުން ގޯސްވުމާއި އުދައެރުމުގެ ސަބަބުން އެކި ރަށްތަކަށް ގެއްލުން