ސަރުކާރު ޖަވާބުދާޜި ކުރުމަށް އިދިކޮޅު ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ މެމްބަރުންނަށާއި ޕާޓީތަކަށް އިދިކޮޅު ޕީޕީއެމްއިން ދައުވަތު ދީފި އެވެ.
ޕީޕީއެމް އިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ޕީޕީއެމް ޕީއެންސީ ޕާލިމެންޓަރީ ގުރޫޕާ ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ މެމްބަރުންނަށާއި ޕާޓީތަކަށް ދައުވަތު އަރުވާ ކަމަށެވެ.
ޕީޕީއެމްއާއެކު މަސައްކަތް ކުރުމުގެ ދައުވަތު ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފައިވާއިރު ފޯޅަވަހި މައްސަލާގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ޕީއެންސީއާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް ގުޅިގެން ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް ވެސް އުފައްދައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ޖޮއިންޓް ޕީޖީ އިން ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު އާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވެއްދުމަށް ޖޮއިންޓް ޕީޖީ އިން ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ރައީސް ސޯލިހުގެ އިތުބާރުނެތް ކަމުގެ މައްސަލާގައި މިހާތަނަށް 20 މެމްބަރަކު ވަނީ ސޮއިކޮށްފަ އެވެ.
ސޮނާކްޝީގެ ކައިވެނިން އޭނާގެ ބޭބެއިން ނުފެނުނީ ކީއްވެ؟
ދައުލަތުގެ މާލީ އެހީދޭ އުސޫލަށް މީޑިއާތަކުގެ މަޝްވަރާ ހޯދަނީ
މޫނުގައި ފަޅާ އިސްތަށިތައް ނައްތާލަން ގުދުރަތީ ފަރުވާއެއް!
