ޒީނަތްތެރި ވުމަށްޓަކައި އެކި މީހުން އެކި ކަހަލަ އުކުޅުތައް ބޭނުން ކުރެ އެވެ. މި ލިޔުމުގައި މި ގެނެސްދެނީ ބޭކިން ސޯޑާ ބޭނުންކޮށްގެން ރީތިވުމަށް ހެދިދާނެ ދެތިން ޑީއައިވައި އުކުޅު ތަކަށެވެ.

ބޮޑީ ސްކްރަބް

ޕޭސްޓް ތައްޔާރުކުރުމަށް އޯޓްމީލް، ބޭކިން ސޯޑާއާއި ފެން ފޮދެއް އެއްކޮށްލުމަށް ފަހު ޕޭސްޓް މުޅި ހަށިގަނޑުގައި މަޑުމަޑުން އުނގުޅާލުމަށްފަހު ދޮވެލާށެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށާއި މަރުވެފައިވާ ސެލްތައް ނައްތާލުމަށް މި ޕޭސްޓް އެހީވެެ އެވެ.

ހެއާ ޓްރީޓްމަންޓް

އިސްތަށިގަނޑު ތެޔޮވުމާއި ހަން ފޮޅުންފަދަ ކަންކަމުން ދުރުހެލިކޮށް އިސްތަށިގަނޑު ރީތިކުރުމަށް ބޯދޮންނައިރު، މޭޒުމަތީ ސަމްސަލެއްގެ ހަތަރު ބައިކުޅަ އެއްބައި ބޭކިންގް ސޮޑާ ޝޭމްޕޫއާއި އެއްކުރުމަށްފަހު ބޯދޮވެލާށެވެ. މިކަމުން އިސްތަށިގަނޑުގައި ބޭނުންކުރާ ހެއާ ޕްރޮޑަކްޓްތަކުގެ ނުރައްކާ ކުޑަކޮށްދެ އެވެ.

މެނިކިއޯ

ނިޔަފަތި ތަކުގައި ކުޑަފިހިކޮޅަކުން ބޭކިންސޮޑާ އުނގުޅާށެވެ. އެއަށްފަހު ދެން ފެންފޮދަކަށް އެއް ސަމުސާ ބޭކިން ސޯޑާ އެއްކޮށް ނިޔަފަތިތައް މި ފެނުން ދޮވެލާށެވެ.

ފޭސް ޕެކް

އެއް ސަމުސާ ބޭކިން ސޯޑާއާއި ކުޑަ ފެންފޮދެއް އެއްކޮށްލުމަށްފަހު މޫނުގައި ހުންނަ ބިހިތަކާއި ލަކުނުތަކުގައި އުނގުޅާށެވެ. ދެތިން ފަހަރަކު ތަކުރާރު ކުުރުމުން ނަތީޖާ ފެންނާނެ އެވެ.