އެމްޑީޕީ އިން އެންމެ ފުރަތަމަ ވަކިކުރަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފަނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓް އެމްއެން އަންއޮފިޝަލް އެކައުންޓޫންކޮށްފައިވާ ޓްވީޓެއްގަ އެވެ. ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފެކްޝަންގެ މެމްބަރު މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް ވަކިކުރެއްވުމާ އަދި ބައެއް މެމްބަރުން ޕާޓީން ވަކިކުރުމަށް ފަހު ފުރުސަތު އެމްޑީޕީގެ ފިޔަވަޅު އަޅަ ކޮމެޓީން ނިންމުމާ ގުޅިގެންނެވެ.
ރައީސް ނަޝީދުގެ އަން އޮފިޝަލް އެކައުންޓުން އެމަނިކުފާނު ވިދާޅުވީ 2019 ގައި ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނުކުމެ އެމްޑީޕީ ކެންޑިޑޭޓް ކަޓުވާލައި އެހެން މީސް މީހުން 2019 މަޖިލީހަށް ހޮވި މައްސަލަ ނުބަލާ ފިޔަވަޅު އަޅާ ކޮމެޓީ އިން މިހާރު އެބަލާ މައްސަލަތައް ބެލުމަކީ އިންސަާފުވެރި ކަމެއް ނޫން ކަމަށެވެ.
އަދި ޕާޓީ އިން އެންމެ ފުރަތަމަ ވަކިކުރަން ޖެހޭނީ ރައީސް ސޯލިހު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ތާއިދު ކުރައްވާ މެމްބަރުންނާއި އެކު ފިކުރެއްގެ ދިރުން ނަމުގައި ފެކްޝަނެއް އުފައްދަވާފައެވެ. އަދި އެބޭފުޅުން ގެންދަވަނީ ތަކުރަރުކޮށް ސަރުކާރުގެ ނިންމުންތަކަށް ފާޑު ވިދާޅުވަމުންނެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ އެމްޑީޕީގެ ވިޕްލައިންތަކާ ހިލާފް ވަމުންނެވެ.
އެމްޑީޕީގެ ނިންމުންތަކާ ހިލާފުވުމުގެ އިތުރުން އެބޭފުޅުން ގެންދަވަނީ އިދިކޮޅު ފަރާތްތަކަޢި އެކު މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން ފިކުރެއްގެ ދިރުން ފެކްޝަނުގައި ހިމެނޭ މެމްބަރުންގެ މައްސަލަތައް ބަލަން ފެށީ ޗާގޯސް މައްސަލަާގައި އިދިކޮޅު ޕާޓީތަކާ ގުޅިގެން އެބޭފުޅުން މަސައްކަތް ކުރަން ފެށުމުންނެވެ. އިދިކޮޅު ފަރަތްތަކަޢި އެކު ނަޝީދު ފެކްޗަނުގެ މެމްބަރުން ވަނީ ޖޮއިންޓް ޕީޖީ ގުރޫޕެއްވެސް އުފައްދަވާފަ އެވެ. އަދި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އެބޭފުޅުން ވަނީ މަޖިލީހަށް ވައްދާފަ އެވެ.