ތުރީ ޑައިމެންޝަނަލް ފްރިންޓަޑް ޑިޒައިންއަކާއެކު ދުނިޔޭޭގައި އިމާރާތްކުރާ ފުރަތަމަ މިސްކިތް ދުބާއީގައި އަޅަން ނިންމައި އެކަމުގެ މަސައްކަތްތައް ފަށައިފި އެވެ.
ފަހުގެ 3 ޑީ ޓެކްނޮލޮޖީއާއެކު އިމާރާތްކުރަން ނިންމާފައިވާ 2000 އަކަފޫޓުގެ ބޮޑު އެ މިސްކިތުގައި ދެ ފަންގިފިލާ ހުންނައިރު އެއްފަހަރާ 600 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ އެވެ.
މި މިސްކިތުގެ ޑިޒައިން ނިންމާފައިވާއިރު މިއަހަރު ނިމޭހާ ތަނުގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ދުބާއީގެ އިސްލާމިކް އެފެއާޒްއިން ވަނީ ބުނެފަ އެވެ.
އިމާރާތްތަކުގެ 3 ޑީ ޕްރިންޓިން އަކީ އެކަމަށް ހާއްސަ ބޮޑު މެޝިންތަކެއް ބޭނުންކޮށްގެން ކޮންކްރީޓުން ތްރީ ޑައިމެންޝަނަލް ޕެޓާންތަކެއް އުފައްދައިގެން ކުރެވޭ ކަމެކެވެ.
ދުބާއީއަކީ ތަފާތު ޑިޒައިންތަކަށް އިމާރާތް ކުރަން މަޝްހޫރު ސަރަހައްދަކަށް ވެފައިވާއިރު ދުބާއީގައި މިހާރު އެންމެ މަޝްހޫރު ވެފައިވަނީ ތްރީ ޑީ އާކިޓެކްޗާ ޑިޒައިންތަކެވެ.
ދުބާއީގެ އިސްލާމިކް އެފެއާޒްއިން ބުނީ މި ޕްރޮޖެކްޓަކީ ބޮޑު ޕްރޮޖެކްޓެއް ކަމަށާއި އެހެން ނަމަވެސް ޕްރޮޖެކްޓް ނިމުމުން އެއީ ބަލާލަން ހިތްގައިމު ތަނަކަށް ވާނެ ކަމަށެވެ.
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ
ވޯލްޑް ކަޕް: އޮޅުމަކުން 8000 ޑޮލަރުގެ ޕާކިން ފާހެއް ގަނެފި
ވޯލްޑް ކަޕްގައި ޝަކީރާގެ ކާމިޔާބު 20 އަހަރު!