އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ހޯދަން ދައުލަތުން ދައުވާކޮށްފި އެވެ.
ކުރިން އަދީބުގެ މައްޗަށް އުފުލާފައި ހުރި ދައުވާތައް އަނބުރާ ގެނެސް އޭނައާ އެކު ދައުލަތުން ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ދެ މިލިއަން ރުފިޔާ އިން އަދީބު ޖޫރިމަނާކޮށްފަ އެވެ. އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން އެންގިނަމަވެސް އަދީބު އެކަން ކުރައްވާފައެއްނުވެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ ފައިސާ ހޯދަން އަދީބާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވާނެ ކަމަށެވެ. ހަތް ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެވަޑައިގަތުމުން އަދީބަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު އޭނާ ތަންފީޒު ކުރަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ ޖަލު ހުކުމެކެވެ.
އަދީބު ޖަލަށްލާން ހުކުމް ތަންފީޒު ކުރިޔަސް، އޭނާ އޮންނެވީ ގޭ ބަންދުގަ އެވެ.
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
ކެއިންބުއިމުގައި ދޮންކެޔޮ ހިމަނަންވީ 05 ސަބަބެއް!
އަންހެނުންނަށް ހާޓްއެޓޭކްގެ އަލާމާތްތައް ތަފާތު ވޭތަ؟
