އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުން ކާޅަކީ އަހަރެމެން މި ހީކުރާ ވަރަށް ވުރެ މާ ވިސްނުން ތޫނު ދޫންޏެކެވެ. އަދި އަމިއްލައަށް ކަންކަން ދެނެގަތުމުގެ ގާބިލުކަން އޭގައި ހުރެ އެވެ. މިއީ އިންސާނުން ހިމެނޭހެން ވަރަށް މަދު ދިރޭއެއްޗެއްސަށް ލިބިގެންވާ ގާބިލުކަމެކެވެ.
ދާދިފަހުން ޖަރުމަނުގެ ސައިންޓިސްޓުން ވަނީ ކާޅުތަކެއް ލައްވާ އެކި ކަހަލަ ޕަޒްލް ހިމެނޭ ޓާސްކުތައް ފުރިހަމަ ކުރުވާފަ އެވެ. މި ޓާސްކުތައް ކުރިއަށް ދިޔަ ގަޑީގައި ސައިންސްވެރިން ވަނީ ކާޅުގެ ވިސްނުމާއި އަމަލުތައް ދެނެގަތުމަށް އޭގެ ތަފާތު ނިއުރޯން ތަކުގައި ހުންނަ ނިއުރަލް އެކްޓިވިޓީ މެޝާކޮށްފަ އެވެ.
ކާޅުތަކަށް ދެވުނު ޓާސްކުތައް ފުރިހަމަ ކުރި ގޮތުން އެމީހުންނަށް އެކަންތައް އަމިއްލަ އަށް ދެނެގަނެވޭކަން ކަށަވަރުވެގެން ދިޔަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟
