އދ. ދިއްދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްއެންޕީގެ ކެންޑިޑޭޓް އަނީސް މުހައްމަދު ކާމިޔާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަޖާތީޖާ ދައްކާގޮތުން ދިއްދޫގައި ބެހެއްޓި ވޯޓު ފޮށިން އަނީސަށް ލިބުނީ 39 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ރަޝީދާ އާދަމަށް ލިބުނީ 45 ވޯޓެވެ.
ދިއްދޫގައި ބެހެއްޓި ވޯޓު ފޮށިން އެންމެ ގިނަ ވޯޓު ރަޝީދާއަށް ލިބުނަސް މާލޭގައި ބެހެއްޓި ވޯޓު ފޮށިން އެންމެ ގިނަ ވޯޓު ލިބުނީ އަނީސަށެވެ. އޭނާއަށް އެ ފޮށިން 23 ވޯޓު ލިބުނެވެ. ރަޝީދާއަށް އެ ފޮށިން ލިބުނީ 12 ވޯޓެވެ.
ދިއްދޫ ކައުންސިލްގެ ގޮނޑި ހުސްވީ އެ ކައުންސިލްގެ މެންބަރަކު އިސްތިއުފާދެއްވުމުންނެވެ. ދިއްދޫއަކީ އދ. އަތޮޅުގައި އެންމެ އާބާދީ މަދު ރަށެވެ.
ޓޭލާގެ މިލްކިއްޔާތު ދެ ބިލިއަނުން މައްޗަށް!
އެނާޖީ ބުއިންތަކުން ނިދި އަންނަނީ ކީއްވެ؟
އިހުސާންގެ ވައްކަމުގެ ވާހަކަ ދެންނެވުމުން ރައީސް ދެއްވީ އިންޒާރު
