ކުޑަކުދިންގެ ދުވަހާ ގުޅިގެން އެސްޓީއޯއިން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ބުނީ ތިން އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ކޮންމެ އުމުރު ފުރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ދިނުމަށްވަނީ ނިންމާފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާ ތަކަކީ ހަ އަހަރުން ދަށް، 7 އަހަރާއި 11 އަހަރާ ދެމެދު އަދި 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 10 މެއި 2023 ވާ ބުދަ ދުވަހެވެ. މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ފޮނުވާނީ [email protected] އަށެވެ. މުބާރާތާ ގުޅޭ އުސޫލު އެސްޓީއޯ ޑޮޓް އެމްވީގައި ވަނީ ޝާއިއުކުރެވިފަ އެވެ.

ވެބްސައިޓް:

https://sto.mv/Uploads/Download/7d7043be-d655-4df4-a54f-0275b6a759b5_e6dc2c66-00af-4d91-9df6-5230d16417f8.pdf?fbclid=IwAR3E1soOfey5WUUG-QwG5iqZQF5froL5krf7yvjZp1hhwQP2Wr5y7Hj-uEI