ޝާހްރުކް ޚާން އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ޕަޓާން" އަކީ އެތަކެއް ރިކޯޑްތަކެއް މުގުރާލާފައިވާ ފިލްމެކެވެ. މި އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަކީ "ޕަޓާން" އެވެ.

ކޮންމެ ފިލްމެއް ވެސް އުފައްދަނީ އެހެން ފިލްމެއް އިންސްޕަޔާ ވެގެންނެވެ. އެގޮތުން "ޕަޓާން" އަކީ ވެސް ހަމަ އެފަދަ ގޮތަކަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ހޮލީވުޑްގެ ފިލްމުތަކުގައި ހިމެނޭ މަންޒަރުތައް ފެނިގެންދެ އެވެ.

Adv by Media Net
Media Net
Adv by Coca Cola
Coca Cola

ދީޕިކާ ޕަދުކޯން އާއި ޝާހްރުކް ޚާން ލީޑުން ފެނިގެންދާ "ޕަޓާން"ގައި އެކްޝަން ގިނަ މަންޒަރުތަކެއް ހިމެނެ އެވެ. މި މަންޒަރުތަކަކީ ކޮޕީއެއް ކަމަށް މިވަނީ އަޑު ފެތުރިފަ އެވެ.

މި ފިލްމުގައި ހިމެނެ ކޮޕީ މަންޒަރުތަކަށް ބަލައިލަމާ ހިނގާށެވެ.

ޕަޓާންގެ މަންޒަރަކާއި ހޮލީވުޑް ފިލްމެއްގެ މަންޒަރު

"ޕަޓާން"ގައި ޝާހްރުކް ޚާން ދީޕިކާ ޕަދުކޯންއާ އެކު އިމާރާތުން ފައިބައިގެން ދާ މަންޒަރު ފެނެ އެވެ. މިއީ މިފަދަ މަންޒަރެއް ބެލުންތެރިންނަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން މިފަދަ މަންޒަރުތައް ފެނިފައިވަނީ "މިޝަން އިމްޕޮސިބަލް ގޯސްޓް ޕްރޮޓޮކޯލް" އިންނެވެ. ހަމައެއާއެކު "ދޫމް 3 " ގައި އާމިރު ޚާން ވެސް ވަނީ ހަމަ އެގޮތަށް އިމާރާތުން ފައިބައިގެން އަންނަތަން ފެނިފަ އެވެ.

ޕަޓާންގެ މަންޒަރަކާއި ހޮލީވުޑް ފިލްމެއްގެ މަންޒަރު

ދެން ދީޕިކާގެ އެކްޝަން މަންޒަރުތަކަށް ބަލައިލަމާ ހިނގާށެވެ. އެ ފިލްމުގައި އޭނާ ފެންނަން އުޅެނީ އެކްޝަނަށް ގްލޭމަރ އިތުރު ކުރަމުންނެވެ.

ހޮލީވުޑް ފިލްމު "ބްލެކް ވިޑޯ" ގެ ކުޑަ ހިލަމެއް މި އެކްޝަން މަންޒަރުތަކުން ފެންނަ ނަމަވެސް. ބަތަލާގެ އެކްޝަން ފެނުމުން މި ސްޓަންޓް މަންޒަރުތަކަށް މީހުން ދަނީ ކޮޕީއެއް ކަމަށް ކިޔަމުންނެވެ.

ޖޯން އަބްރަހަމް މި ފިލްމުން ގިނަ ދުވަސްތަކަކަށް ފަހު ވަރުގަދަ ރޯލަކުން ފެނިގެންދެ އެވެ. އަދި މި ފިލުމުގައި ޖޯން އަބްރަހަމް ކާރެއް ގޮއްވާލާ މަންޒަރު ފެނެ އެވެ.

މި މަންޒަރު މީގެ ކުރިން ވެސް ފެނިފައިވެ އެވެ. "ޕަޓާން"ގެ މި މަންޒަރު ބަލާލުމަށްފަހު "ކެޕްޓަން އެމެރިކާ ވިންޓަރ ސޮލްޖަރ" ހަނދާން ހުންނާނެ އެވެ.

"ޕަޓާން"ގައި ހޮލީވުޑް ފިލްމުތަކެއްގެ 25 މަންޒަރު ކޮޕީ ކޮށްފައިވެ އެވެ. މީގެ އިތުރުން ބޮލީވުޑްގެ ބައެއް އެކްޝަން ފިލްމުތައް ވެސް ކޮޕީ ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މިއީ ކުޑަ މިންވަރެކެވެ. އެހެން ނަމަވެސް "ޕަޓާން" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.