ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ބްރިޖު މަތިން ފުންމާލީ ދިވެއްސެކެވެ. އަދި އެއީ 41 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާ ބްރިޖު މަތިން ފުންމާލުމުން ސަލާމަތް ކުރީ، އެސަރަހައްދުން ދަތުރުކުރި ލޯންޗެކެވެ.
އޭނާ ސަލާމަތް ކުރުމަށްފަހު ފަރުވާކުރުމަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ދަނީ ފަރުވާދެމުން ގެންދާކަން އެނގިފައިވެ އެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާާ އޮފިޝަލް ބުނީ، ސިނަމާލެ ބްރިޖް މަތިން މީހަކު ފުންމާލިކަމުގެ ރިޕޯޓު ފުލުހުންނަށް މިއަދު ހެނދުނު 8:44 ގައި ލިބިފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިންވެސް ބްރިޖު މަތިން ފުންމާލަން އުޅެނިކޮށް ގިނަ ބަޔަކު ހުއްޓުވާފައިވެ އެވެ. އެގޮތުން އެންމެ ފަހުން ބްރިޖް މަތިން ފުންމާލަން އުޅެނިކޮށް ހުއްޓުވީ ބިދޭސީ އެކެވެ.
އިންޑިއާގެ ރިއަލިޓީ ޝޯއެއްގައި ރާއްޖެއަށް ދަތުރެއް ދީފި
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
