އެމްޑަބްލިޔުއެސްސީން އއ. މަތިވެރީގައި ކުރިއަށްގެންދާ ފެނުގެ ނިޒާމުގެ ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފި އެވެ.
މަތިވެރީ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން މަތިވެރިއަށް ވަޑައިގެން ކަމަށް ޑަބްލިއުއެސްސީއިން ބުނެފައިވެ އެވެ.
މަތިވެރިގައި ގާއިމްކުރި މި މަޝްރޫއުގެ ދަށުން، އެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށްފައިވެ އެވެ. އަދި ފެން ހޮޅީގެ މައިނެޓްވޯކް އަޅައިދިނުމުގެ އިތުރުން ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން ވެސް އަޅާފައިވެ އެވެ.
އެމްޑަބްލިއުއެސްސީން ހާމަކުރިގޮތުގައި މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވޭނެ އެވެ.
މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. އަދި މިއީ 38.82 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
