ފްރެންޗް ފްރައިސް މީރު ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިބާއަށް މިއޮތީ ހިތާމަވެރި ހަބަރެކެވެ. މީރުވެގެން ތިކާ ފްރައިސްއަކީ ތިބާ ބޮޑު ނުރައްކަލަކަށް ހުށައަޅާ ސަބަބެއް ކަމުގައި ވެދާނެ އެވެ.
އާއެކެވެ. ފްރެންޗް ފްރައިސްގެ ރަހަމީރުކަމާއެކު ވެސް އެއީ ސިއްހަތަށް އެންމެ ފައިދާހުރި އެއްޗެއް ނޫނެވެ. އެހެނެއްކަމަކު އެއީ ތިބާގެ ނަފްސާނީ ސިއްހަތަށް ނޭދެވޭ ގިނަ ގުނަ އަސަރުތަކެއް ކުރާ އެއްޗެކެވެ.
އާއްމު ގޮތެއްގައި ހުރިހާ ތެއްލި ކެއުންތަކަކީ ވެސް ސިއްހަތަށް އެކި ގޮތްގޮތުން ގެއްލުންދޭ ކެއުންތަކަކެކެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ވެސް ފްރެންޗް ފްރައިސްގެ ގެއްލުން ވަކިން ބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟
މިކަމާ ގުޅޭގޮތުން ޗައިނާގައި ހެދި ދިރާސާއެއްގައި ބުނެފައިވަނީ ފްރެންޗް ފްރައިސް ހަދަން ބޭނުންކުރާ އަލުވި ތެލުލުމަކީ އޭގައި އެކުލެވޭ ސްޓާޗް ތިންގުނަ އިތުރުވާ ކަމެއް ކަމަށާއި މި މާއްދާއަކީ ސިކުނޑީގެ މަސައްކަތްތައް ލަސްކުރުވާ މާއްދާއެއް ކަމަށެވެ.
އެގޮތުން ފްރެންޗް ފްރައިސް ކާ މީހުންނަށް އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތައް ބަލިތައް ޖެހުން އެ ނޫން މީހުންނަށްވުރެ 12 ޕަސެންޓް އިތުރެވެ.
ލައްކައަކަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި އެ ދިރާސާއިން ފާހަގަވި ގޮތުގައި މި ނުރައްކަލަށް ހުށައެޅޭ މީހުންގެ ތެރޭގައި ގިނައީ ޒުވާން ފިރިހެނުންނެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު ތިބާގެ އެންމެ "ފޭވަރިޓް" ފްރެންޗް ފްރައިސް ދޫކޮށްލަންވީ ވަގުތު މިއޮތީ އައިސް ޖެހިފަ އެވެ. އެއީ ތިބާގެ ދިގު މުއްދަތުގެ ސިއްހަތަށްޓަކަ އެވެ.
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް