މާލެއަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްތަކެއް ވޭތުވުމަށްފަހު މިރޭ ވާރޭ ވެހެން ފަށައިފި އެވެ.
ހޫނުގަދަވުމުގެ ސަބަބުން މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރު ރެކޯޑް މިންވަރަކަށް ފާއިތުވި ދެ ދުވަހު ވަނީ މަތިވެފަ އެވެ. އެވްރެޖްކޮށް ކަރަންޓް ބޭނުންކުރާ މިންވަރު މިއަދު އެކަނި 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ ވަރު އިތުރުވެ ކަރަންޓް ބިލް ބޮޑުވެދާނެތީ އެކަމަށް ސަމާލުވުމަށް ސްޓެލްކޯއިން ވެސް އިލްތިމާސްކުރި އެވެ.
މެޓް އޮފީހުން މިރޭ ބުނީ ވިއްސާރަ ވިލާގަނޑުތަކެއް އުފެދިފައިވާތީ މާލެއަށް ކުރިއަށް އޮތް 24 ގަޑިއިރު ވާރޭ ވެހޭނެ ކަމަށެވެ. މާލެ އާއި ހުޅުމާލެއަށް މިރޭ ވަނީ ވާރޭ ވެހިފަ އެވެ. އަދި ވިދާ ގުގުރާފައި ވެ އެވެ.
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތަ ދަށަށް ހިނގައްޖެ
"ފްރެންޑްސް"ގެ ސެޓުން ޖެނިފާ ގެންދިޔައީ ކޮން އެއްޗެއް؟
